Ads by Exprox

ޚަބަރު

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ބަހައްޓާފައިވާ އުޅަނދުފަހަރު ޓޯ ކުރަނީ

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ބަހައްޓާފައިވާ އުޅަނދުފަހަރު ޓޯ ކުރަނީ

އެޗްޑީސީން ހުޅުމާލޭ މަގުމަތި ސާފުކުރުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2024، 07:40

13 ސެޕްޓެމްބަރު 2024، 07:40

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ބަހައްޓާފައިވާ އުޅަނދުފަހަރު ޓޯކުރުމާއި، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރާއި، ސަރުކާރާއި ގުޅުންހުރި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާދަމާ ފެށެމަށް ހަމަޖެހިފައިވާ މަސައްކަތަކީވެސް ދިވެހި ފުލުހުންގެ ޚިދުމަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 8:00ގައި ކަމަށް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.

ފަހަކަށް އައިސް އާދަޔާ ޚިލާފަށް އެކްސިޑެންޓުތައް ގިނަވުމާ އެކު، މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުހުން މަގުތަކަށް ނުކުތުމާއި ހައިވޭގައި ބެރިކޭޑް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco