Ads by Exprox

ޚަބަރު

މާލޭގެ ފަސް ގެއެއް ބަލައިފާސްކޮށް ތިން ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ފަސް ގެއެއް ބަލައިފާސްކޮށް ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުން- ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2024، 11:03

16 ސެޕްޓެމްބަރު 2024، 11:03

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައިފާސްކޮށް ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ހައްޔަރު ކުރި މީހުން މަސައްކަތްކޮށްފައިވާ ތަނުގެ ފޮޓޯ އާންމުކޮށްފައިވާއިރު އެތަނުގައި އެއްވެސް ސާފުތާހިރުކަމެއް ނެތެވެ. ކާބޯތަކެތި ތައްޔާރު ކުރުމަށްފަހު އެތަކެތި ވަނީ މޭޒެއްގެ މަތީގައި އަތުރާލެވިފައެވެ. 

އިމިގްރޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެއެވެ.

ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.  އެގޮތުން އިމިގްރޭޝަންގެ އޮޕަރޭޝަންގައި ސަރުކާރުގެ ކަމާގުޅޭ އެހެނިހެން އިދާރާތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.  

މި ލިޔުން ކިޔާލުމުން

Ads by Stelco