ރިޕޯޓް

އޯޓްމީލް ޙަޤީޤަތުގައިވެސް ރަނގަޅުބާ؟ ޕްރޮފެސަރުން ބުނަނީ ކީކޭ؟

އޯޓްމީލް ޙަޤީޤަތުގައިވެސް ރަނގަޅުބާ؟ ޕްރޮފެސަރުން ބުނަނީ ކީކޭ؟

ރޯލްޑް އޯޓްސްގެ ފޮޓޯއެއް

farudhun logo

ފަރުދުން

22 އޯގަސްޓު 2024، 11:07

22 އޯގަސްޓު 2024، 11:07

އޯޓްމީލް އަކީ ގާތްގަނޑަކަށް އާންމުކޮށް އެންމެންވެސް ލޯބިވާކުރާ ނާސްތާއެކެވެ. ދިވެހިންގެ ތެރޭގައި މިކިޔާ ފިޓް މީހުންގެ ފޭވަރިޓް އެއް ނާސްތާއަކީ އޯޓްސްއެވެ. ތާރީޚީ ގޮތުން މުޅި ޔޫރަޕާއި ރަޝިޔާ އަދި އެމެރިކާގައި އޯޓްމީލް ކެއުން އާދައަކަށް ވެފައިވާއިރު، ތަރައްޤީވަމުން އަންނަ ގައުމުތަކުގައި އޯޓްމީލްގެ މަޤުބޫލުކަން ވަރަށް ހަލުވިކަމާއެކު ހޯދަމުންދަނީ އޭގެ އަގުހެޔޮކަމާއި ޞިއްޙީ ގޮތުން ފައިދާ ހުރި އެއްޗެއް ކަމަށް ޤަބޫލުކުރާތީއެވެ.

އެކަމަކު އޯޓްމީލް ތިބާއަށް ޙަޤީޤަތުގައި ރަނގަޅުބާ؟

އެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ފުރަތަމަ މުހިންމީ އޯޓްމީލްގެ ހުރިހާ ތަފާތު ވައްތަރެއް ދެނެގަތުމެވެ. މީގެތެރޭގައި ސްޓީލް ކަޓް އެންޑް ރޯލްޑް އޯޓްސް، ކުއިކް ކުކިންގް އޯޓްސް އަދި އިންސްޓޭންޓް އޯޓްސް ވެސް ހުރެ އެވެ. އެކަމަކު މި ހުރިހާ ލަފުޒުތަކެއް ވެސް ދޭހަވަނީ މިއީ އޯޓްސް ކައްކާލުމަށް ބޭނުންކުރެވޭ ތަފާތު ގޮތްތައް ކަމެވެ.

ޔުނިވާސިޓީ އޮފް މިނިސޯޓާގެ ފުޑް ސައިންސް އެންޑް ނިއުޓްރިޝަންގެ ޕްރޮފެސަރު ޖޯއަން ސްލާވިން ބުނާގޮތުގައި ސީދާ ދަނޑުން ޕްރޮސެސް ނުކުރާ އޯޓްސް ކާކަށް ނުވާނެއެވެ. ސީދާ ދަނޑުން ކަނޑާ އޯޓްސް އަކީ ކައްކައި ކެއުމުގެ ކުރިން އޭގެ ބޭރު ތޮށިގަނޑު ނުވަތަ ހަސްކް އަކީ ވަކިކުރަންޖެހޭ އެއްޗެއްކަމަށް ޖޯއަން ސްލާވިން ބުންޏެވެ. އެ ހަސްކް ވަކިކުރުމުން ދެން ފެންނަން މި އޮންނަނީ ގްރޯޓް އޯޓްސްއެވެ. އަހަރުމެން މިކިޔާ ހޯލް އޯޓްސް އަކީ މީއެވެ. ދެން ބާޒާރުގައި މި ވިއްކަން ހުންނަ އޯޓްސް އަކީ ކޮންމެވެސް ގޮތަކަށް ޕްރޮސެސް ކޮށް ކެއްކުމަށް ފަސޭހަވާނެހެން ތައްޔާރުކުރެވިފައިވާ އޯޓްސްއެވެ.

މިސާލަކަށް ރޯލްޑް އޯޓްސް ތައްޔާރު ކޮށްފައި މިހުންނަނީ ޕްރޮސެސް ކުރުމުގެ ގޮތުން ސްޓީމްކޮށް ފްލެޓްކޮށްފައެވެ. ރޯލްޑް އޯޓްސް ކެއްކުން އަވަސްވާ އެއް ސަބަބަކީ މީއެވެ. ކުއިކް ކުކިންގް އޯޓްސް އަދި އިންސްޓޭންޓް އޯޓްމީލް އަކީ އާންމުކޮށް ރޯލްޑް އޯޓްސް ތަކެއް ކަމަށާއި، މިއީ ކައްކާ ވަގުތު ކުޑަކުރުމަށްޓަކައި އިތުރަށް ފްލެޓްކޮށް، ސްޓީމްކޮށް ނުވަތަ ކޮންމެވެސް ވަރަކަށް ކައްކާފައި ހުންނަ އޯޓްސް އެވެ. ސްޓީލް ކަޓް އޯޓްސް އަކީ ރޯލް ކުރުމުގެ ބަދަލުގައި ކުދިކުދި ކޮށް ކޮށާފައި ހުންނަ ގްރޯޓްސް އެވެ. އެކަމަކު ކޮންމެ އެއްޗެއް އިޚްތިޔާރު ކުރިޔަސް ސްލާވިން ބުނާ ގޮތުގައި ހުރިހާ ވައްތަރެއްގެ އޯޓްމީލް އަކީ ހޯލް ގްރޭންސް ކަމަށް ބެލެވޭއިރު، ހުރިހާ ބާވަތެއްގެ ވެސް އަސާސީ ނިއުޓްރިޝަނަލް ފައިދާގެ ގޮތުން ކޮންމެވެސް ވަރަކަށް އެއްވަރުވާން ޖެހެއެވެ.

އެހެން ގޮތަކަށް ބުނާނަމަ، ހުރިހާ ބާވަތެއްގެ އޯޓްމީލް އަކީ ޞިއްޙަތަށް ފައިދާހުރި އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޯޓްސްގެ ނިއުޓްރިޝަނަލް ޕްރޮޕަޓީސް ދިރާސާކޮށްފައިވާ ނޯތު ކެރޮލައިނާ އޭ އެންޑް ޓީ ސްޓޭޓް ޔުނިވާސިޓީގެ ފުޑް ސައިންސް އަދި އިންސާނީ ޞިއްޙަތުގެ ޕްރޮފެސަރު ޝެންގްމިން ސަންގް ބުނިގޮތުގައި، މިހާރު ހުރި ހެކިތަކަށް ބަލާއިރު، ހޯލް ގްރެއިން އޯޓްސް ކެއުމަކީ ކަނޑައެޅިގެން އަހަރުމެންގެ ޞިއްޙަތަށް ވަރަށް ރަނގަޅު ކަމެކެވެ. ޝެންގްމިން ބުނިގޮތުގައި ހޯލް ގްރޭން އޯޓްސް ކެއުމުން ހަކުރު ބަލިން ރައްކާތެރިވެ، ކޮލެސްޓްރޯލްގެ މިންވަރު ދަށްވެ، ހިތުގެ ބަލިތަކުން ރައްކާތެރިވެވޭނެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި ދިގު މުއްދަތުގެ ބޭސްކުރާ ފަރާތްތަކަށްވެސް، ދުޅަހެޔޮކޮށް ތިބުމަށް ބޭނުންކޮށްލަން އޯޓްސްއަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

ޕްރޮފެސަރު ޖޯއަން ސްލާވިން ބުނީގޮތުން އޯޓްސްގައި މި ހިމެނޭ ފައިބަރަކީ، އަހަރެމެންގެ މުޅި ހަޖަމުކުރާ ނިޒާމުގެ މައްސަލަތަކަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިސާލަކަށް ބަނޑާއި ކުޑަ ގޮހޮރުގައި ފައިބަރުގެ ސަބަބުން ކާނާ ޕްރޮސެސް ކުރުން ލަސްކޮށްދީ، ފުރިހަމަކަން އިތުރުކޮށްދީ ހަށިގަނޑަށް އެންމެ ބޭނުންވާ މިންވަރަށް ހަކުރު މެއިންޓެއިން ކޮށްދެއެވެ. އެ ހުރިހާ ކަމަކުން ޓައިޕް 2 ހަކުރުބައްޔާއި، މެޓަބޮލިކް ޑިޒީޒް ޖެހުމުގެ ނުރައްކާ ކުޑަވެގެންދެއެވެ. ބޮޑު ގޮހޮރުގެ ތެރެއަށް އިތުރަށް ދިއުމުން، ފައިބަރުން ފައިދާހުރި ގޮހޮރުގެ ބެކްޓީރިއާ އަށް ކާނާ ލިބި، ބޮޑު ކަމުދާން އުނދަގޫ ފަރާތްތަކަށް ފަސޭހަކަމެއް ލިބިގެން ދެއެވެ.

ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ނިއުޓްރިޝަންގެ ޕްރޮފެސަރު އެޑްވާޑް ޖިއޮވަންނުޗީ ބުނާގޮތުގައި އޯޓްސް އަކީ ވިޓަމިން ބީ، ވިޓަމިން އީ އަދި މެގްނީޒިއަމް ފަދަ މުހިންމު މާއްދާތަކެއް އެކުލެވޭ ފައިދާހުރި ކާނާއެކެވެ. އެހެންނަމަވެސް ކަންބޮޑުވާންޖެހޭ މައްސަލައަކީ ގިނަ މީހުން އޯޓްސް އަށް ފޮނި ރަހަ އިތުރުކުރުމުގެ ގޮތުން އެކި ބާވަތުގެ ހަކުރު ބޭނުން ކުރުމެވެ. މީގެ ސަބަބުން އޯޓްސްއިން ލިބޭ ޞިއްޙީ ފައިދާ ދައްވެދާނެކަމާއިމެދު އެޑްވާޑްވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ.

މިހާރުގެ ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައި އެންމެންވެސް އެއްބަސްވާ ގޮތުން އޯޓްމީލް ކެއުމަކީ، ހަކުރު އަދި ސިއްޚީ އެތަކެއް ފައިދާތަކެއް ލިބޭ އެއްޗެކެވެ. ޚަރަދުގެ ގޮތުން ބެލިނަމަވެސް މިއީ އަގުހެޔޮ، ޖީބަށްލުއި، އަދި ކޮންމެ ނާސްތާއެއްގައިވެސް ބޭނުންކޮށްލަން ވަރަށް ރަނގަޅު ޗޮއިސްއެކެވެ.

މި ލިޔުން ކިޔާލުމުން