Ads by Exprox

ޚަބަރު

މިހަފްތާގައި ބަންކަރިންގ ޚިދުމަތް ފަށާނެ، މިހާރުވެސް ބުކިންތައް ލިބެން ފަށައިފި- އެސް.ޓީ.އޯ

މިހަފްތާގައި ބަންކަރިންގ ޚިދުމަތް ފަށާނެ، މިހާރުވެސް ބުކިންތައް ލިބެން ފަށައިފި- އެސް.ޓީ.އޯ

ބަންކަރިންގ ޚިދުމަތްދޭން ގެނައި ދެވަަނަ ބޯޓު- ފޮޓޯ: ދިޔަރެސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 12:07

17 ސެޕްޓެމްބަރު 2024، 12:07

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފަށަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނެފައިވަނީ، ބަންކަރިން ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރުވެސް ބަންކަރިން ޚިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަމަށްވެސް އެސް.ޓީ.އޯ އިން ފާހަގަކޮށްފައިވެއެވެ. އެސް.ޓީ.އޯ އިން ބުނީ، މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރު ހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އެސް.ޓީ.އޯ އިން ބުނީ އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައި ވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" އަށްކަމަށާއި މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށެވެ. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާ ކުރަމުން އައީ ކޮލަންބޯއިން ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އެމްއެސްއެސްގެ "ވައިސީ ބެރިޔާ" އަކީ ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. އެ އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި އެ އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެއެވެ.

ބަންކަރިން ޚިދުމަތް ފެށުމަކީ ސަރުކާރުގެ އެންމެ މުހިންމު ޢިޤްތިޞާދީ އެއް ސިޔާސަތެވެ. އެގޮތުން ރާއްޖެ ސަރަޙައްދަކީ ދުވާލެއްގެެ މައްޗަށް އެތައް ބޯޓެއް ދަތުރުކުރާ ސަރަޙައްދެއް ކަމުން ބަންކަރިންގ ގެ ޚިދުމަތާއެކު އިޤްތިޞާދު ބޮޑުތަނުން ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަ ކުރެއެވެ. 
 

މި ލިޔުން ކިޔާލުމުން

Ads by Stelco