Ads by Exprox

ޚަބަރު

އިމިގްރޭޝަން ރެއިޑްތަކުގައި އޮފިސަރުން ތިބޭނީ ޔުނިފޯމްގަ އައިޑީ ފެންނަ ގޮތަށް- ކޮންޓްރޯލަރ ޖެނެރަލް

އިމިގްރޭޝަން ރެއިޑްތަކުގައި އޮފިސަރުން ތިބޭނީ ޔުނިފޯމްގަ އައިޑީ ފެންނަ ގޮތަށް- ކޮންޓްރޯލަރ ޖެނެރަލް

އިމިގްރޭޝަނުން ފެށި އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ- އިމިގްރޭޝަން

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 12:09

17 ސެޕްޓެމްބަރު 2024، 12:09

އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުން ދާނީ ޔުނިފޯމު އަޅައިގެންކަމަށާއި އިމިގްރޭޝަން އޮފިސަރުންގެ އައިޑީ ފެންނަން ހުންނާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. 



އިއްޔެގެ ވަގުތެއްގައި ބިދޭސީން އުޅޭ ތަނަކަށް ވަދެ ތިން މީހަކު ވެގެން ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލަ އާއި ގުޅިގެން ޝަމްޢާން ވިދާޅުވީ އެމީހުންނަކީ އިމިގްރޭޝަންއާއި ގުޅުމެއް އޮތް ބައެއް ނޫންކަމަށާއި ފުލުހުން މިހާރު އެމައްސަލަ ބަލަމުން ގެންދާކަމަށެވެ. 

މި މައްސަަލައިގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ހައްޔަރުކޮށްފައިވަނީ ގ.ބޭރުގެ، ޢުމުރުން 44 އަހަރުގެ، މުޙައްމަދު ނަވީންކަމަށެވެ. އަދި އިމިގްރޭޝަން އޮފިސަރުން ނަމުގައި ތިން މީހަކު ވަދެ ފޭރުނު މައްސަލައިގެ ރިޕޯޓް ފުލުހަށް އިއްޔެ ލިބިފައިވާކަމަށެވެ.  އަދި މިމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco