Ads by Exprox

ޚަބަރު

ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި

ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި

ދިވެހި ފުލުހުން މަގުމަތީގައި ޙަރަކާތްތެރިވަނީ- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 03:24

17 ސެޕްޓެމްބަރު 2024، 03:24

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.

 ދިވެހި ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި، "އޭ" ޒޯން ނުވަތަ މާލެ ސަރަހައްދު ހިމެނޭ ޒޯނަށް ރަޖިސްޓަރ ނުކޮށް މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީގޮތުން ކަނޑައަޅާފައިވާ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

އެހެން ޒޯންތަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ އުޅަނދާއި ރަޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލޭ ސަރަހައްދުގައި ދަނީ ބޭނުންކުރަމުންނެވެ. އެ ވެހިކަލްތައް ޕާކިން ޒޯނަށް ގެންދަން ލިބޭނީ 40 ދުވަސް ކަމަށް މީގެ ކުރިން ފުލުހުން އަންގާފައިވެއެވެ..

މި ލިޔުން ކިޔާލުމުން

Ads by Stelco