Ads by Exprox

ޚަބަރު

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރު ޢަމަލު ކުރަން ފަށަނީ

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރު ޢަމަލު ކުރަން ފަށަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 17/09/2024- ފޮޓޯ:ރައީސް އޮފީސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 08:10

17 ސެޕްޓެމްބަރު 2024، 08:10

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖަނަވަރީ 1ން ފެށިގެން ޢަމަލު ކުރަން ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޗައިނާއާއެކު ރާއްޖެއިން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ޚިއްޞާކުރާ މަހުގެ ބާވަތްތަކުން، ސުމެއް އިންސައްތަ ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިތުރަށް މިސާލު ޖައްސަވަމުން ވަޒީރު ވިދާޅުވީ ވީޗެޓުން ޕޭ ކުރުމާއި، އަމިއްލަ ފައިސާއިން އަގުދެއްކުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޗައިނާ އާއިއެކު ވެފައިވާ އެއްބަސްވުމަކީވެސް މިކަމުގެ އެއް ސަބަބެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco