Ads by Exprox

ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ: ޑީޖޭއޭ

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 09:27

17 ސެޕްޓެމްބަރު 2024، 09:27

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއެއްގެ މަޤާމު ކަމަށްވާ  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މި މަޤާމަށް ކުރިމަތިލާން ޖޭއެސްސީން މިއަދު ހުޅުވާލީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ ދާދިފަހުން އިސްތިއުފާ ދެއްވުމުން މިހާރު އެ މާޤާމު ހުސްކޮށް އޮތުމުންނެވެ. 

މުސާރާއިގެ ގޮތުގައި 47،500 ރުފިޔާ ލިބޭ މި މަޤާމަކީ 5 އަހަރު ދުވަހުގެ މަޤާމެކެވެ. ޖޭއެސްސީގެ  އިޢުލާނުގައި ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޤާމަށް ކުރިމަތިލާ މީހުންގެ ތަޢުލީމީ ޝަރުތަކީ އިދާރީ ހިންގުން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާ އެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ. 

މަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco