Ads by Exprox

ޚަބަރު

މާފަންނު ގެއެއްގެ ތެރޭ ނިޔާވެފައި އޮތް ދިވެެއްސަކު ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭ ނިޔާވެފައި އޮތް ދިވެެއްސަކު ފެނިއްޖެ

ދިވެހި ފުލުހެއް މަގުމަތީގައި ހަރަކާތްތެރިވަނީ- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 01:02

18 ސެޕްޓެމްބަރު 2024، 01:02

މާފަންނު ގެއެއްގެ ކޮޓަރިއެއްތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނީ މ.ނަލަހިޔާ އުމުރުން 57 އަހަރުގެ އަހުމަދު ފަޔާޒުކަމަށެވެ. ފުލުހުން ވިދާޅުވިި ގޮތުގައި ރޭ 11:33 ހާއިރު މާފަންނު ގެއެއްގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ތެރޭގައި 57 އަހަރުގެ ފިރިހެނަކު ނިޔާވެފައި އޮތްކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމަށާއި، ތުހުމަތުކުރެވޭފަދަ ކަމެއްވެސް ނެތް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco