Ads by Exprox

ޚަބަރު

އިމިގްރޭޝަންގެ އޮޕަރޭޝަން: އިތުރު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަންގެ އޮޕަރޭޝަން: އިތުރު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 01:03

18 ސެޕްޓެމްބަރު 2024، 01:03

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ ގޮތުން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި އިތުރު 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި 2024 ސެޕްޓެންބަރު 16 ވަނަ ދުވަހު ވަނީ މާލެއިން 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

މީގެތެރޭގައި، 02 ގެއަކާއި 02 ހޮޓާ ހިމެނޭ ކަމަށާއި، ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިއަ 07 ބިދޭސީއަކު ވަނީ މި އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.



ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، އެމީހުންނާ މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އޮޕަރޭޝަން އެކެވެ. އެގޮތުން ފާއިތުވީ މަހެއްހާ ދުވަސްތެރޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ގަވައިދާ ޚިލާފަށް ހިންގަމުންދާ ކެފޭ ރެސްޓޯރެންޓް އަދި ސްޕާ ފަދަ ތަންތަން  ވަނީ ބަންދުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco