Ads by Exprox

ޚަބަރު

މާލޭގެ ގެއެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާ ލިބިއްޖެ

މާލޭގެ ގެއެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާ ލިބިއްޖެ

ދިވެހި ފުލުހެއް- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 10:39

18 ސެޕްޓެމްބަރު 2024، 10:39

މާލޭގެ ގެއެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާ ލިބިއްޖެއެވެ. 

ފުލުހުން ވިދާޅުވީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިގެން މިރޭ 19:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ޙާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާ އަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ސައިކަލަކީ އެ ވަގުތު އެ ތަނުގައި ޕާކް ކުރަން އުޅުނު ސައިކަލެކެވެ. މިހާރު އެމީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިިއެވެ. 

މި ޙާދިސާއާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco