Ads by Exprox

ޚަބަރު

ފުރަތަމަ ފަހަރަށް މާލެނޫން ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދައިފި

ފުރަތަމަ ފަހަރަށް މާލެނޫން ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދައިފި

ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓްކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތު- ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާ

farudhun logo

ފަރުދުން

19 ސެޕްޓެމްބަރު 2024، 02:29

19 ސެޕްޓެމްބަރު 2024، 02:29

މާލެ ނޫން ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރެވޭ ގޮތް ފުރަތަމަ ފަހަރަށް ސަރުކާރުން ހަދައިދީފި އެވެ.

އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް މިއަދު ފަށާފައިވަނީ ގއ. ވިލިނގިލީގަ އެވެ. މިއީ އަތޮޅުތެރޭގެ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ. ވިލިނގިލީގައި އެ ޚިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ޚިދުމަތް ފެށުމާ އެކު، ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކޮށް، ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ.

މީގެ ކުރިން އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދީފައިވަނީ ވެލާނާގެ ބިލްޑިންގްގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުންނެވެ.  ރަށްރަށުގައި އުޅޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑަށް އެދި ހުށަހެޅުމުގެ ޚިދުމަތް ދީފައިވެއެވެ. މިހާރު ޑީއެންރާއުގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco