Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ- އިމިގްރޭޝަން

farudhun logo

ފަރުދުން

19 ސެޕްޓެމްބަރު 2024، 02:31

19 ސެޕްޓެމްބަރު 2024، 02:31

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ޚާއްޞަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ހިންގާފައިކަމަށެވެ.

އެގޮތުން 22 ތަނެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 07 ފަރާތަކަށް ވަނީ ނޯޓިސްދީފައެވެ. އިމިގްރޭޝަނުން ވިދާޅުވީ މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވެފައިވާކަމަށެވެ.

އިމިގްރޭޝަނުން ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް މިފަހުން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެއެވެ. އަދި އެމީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco