Ads by Exprox

ޚަބަރު

އިންޑިއާއަށް ބާކީ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާއަށް ބާކީ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

ރައީސް މުޢިއްޒުއާއި ބޮޑުވަޒީރު މޯދީ

farudhun logo

ފަރުދުން

19 ސެޕްޓެމްބަރު 2024، 09:41

19 ސެޕްޓެމްބަރު 2024، 09:41

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.

މިދިޔަ ސަރުކާރުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައި ވެއެވެ. ޓީބިލް ގޮތުގައި 150 މިލިއަން ޑޮލަރު ލިބިފައިވާއިރު 50 މިލިއަން ޑޮލަރަކީ ހިލޭއެހީގެ ގޮތުގައި ދީފައިވާ ފައިސާއެވެ.

މިސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހުގައި 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާއިރު ބާކީ ހުރި ފައިސާއިން  ދައްކަންޖެހޭ 50 މިލިއަން ޑޮލަރ ދެއްކުމުގެ މުއްދަތު ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އިތުރުކޮށްދެއްވިއެވެ އެވެ. ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާއިރު މިހާރު އެމުއްދަތުވެސް މިވަނީ އިތުރުކޮށްދީފައެެވެ. 

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އިންޑިއާގައި އެދުނީ މިދިޔަ މޭ މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. އަދި އިންޑިއާގެ މި އެހީތެރިކަން ރާއްޖެއަށް މިލިބުނީ އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައިކަންވެސް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.


ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ. އިންޑިއާއިން ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދިގުކޮށްދީފައިވާއިރު  ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެކަން ސަރުކާރުން ވަނީ އިއުލާނު ކުރައްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco