ޚަބަރު
ބީ.އެމް.އެލްގެ ބޯޑަށް ޗެއަރޕަރސަން އާއިއެކު މެންބަރުން އައްޔަނުކޮށްފި
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޮވުން: ފޮޓޯ- ބީއެމްއެލް
ފަރުދުން
21 ސެޕްޓެމްބަރު 2024، 04:21
21 ސެޕްޓެމްބަރު 2024، 04:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.
މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް މިއަދު ބޭއްވި ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ބޯޑަށް ޑިރެކްޓަރުން ގޮތުގައި އައްޔަނު ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނޫވިލާގެ، އަޙްމަދު ޢަލީ ޙަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، ޢަލީ ޢިރުފާން، އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދުއެވެ. މި ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައިވާ ޑިރެކްޓަރުން:
1. އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ
2. ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
3. ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
4. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
5. ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
6. މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން އައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ 2 މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 މެންބަރުންނެވެ.