ޚަބަރު
ހުޅުމާލޭގައި ހިނގި މާރާމާރިއެއްގައި އަނިޔާވި ބިދޭސީއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2- ފޮޓޯ: އެޗް.ޑީ.ސީ
ހުޅުމާލޭގައި ހިނގި މާރާމާރިއެއްގައި އަނިޔާވި ބިދޭސީއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ދަންވަރު 3:50 ހާއިރު ހުޅުމާލޭގައި މާރާމާރީގެ މައްސަލައެެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެމައްސަލައިގައި އަނިޔާވި ބިދޭސީ ފިރިހެނަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންދާކަމަށެވެ.