ޚަބަރު
ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައިފި

ދަނގެއްޗައް ގެންދިޔަ 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރ
އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރުބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި އަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި މިހާރު ބޭނުން ކުރަން ފަށާފައި ވާކަމަށެވެ. މިއާއިއެކު ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގައި އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯ އަދި ފެނަކައިން ދަނީ ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ފެނަކައިން އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލުކުރުމަށްޓަކައި، ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ބޭނުންކުރަން ވަނީ ފަށައިފިއެވެ.
މީގެ އިތުރުން މި އަހަރުގެ ޕީކް ސީޒަނަށާއި، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގްރޭޓާމާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގްރިޑަށް 12 ޖަނަރޭޓަރުސެޓް އިތުރު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރައްވަމުންނެވެ.