Ads by Exprox

ޚަބަރު

ތަޢުލީމީ ދާއިރާއަށް އިންޤިލާބެއް އަންނަވަރުގެ މަޝްރޫޢެއް އިފްތިތާޙްކޮށްފި!

ތަޢުލީމީ ދާއިރާއަށް އިންޤިލާބެއް އަންނަވަރުގެ މަޝްރޫޢެއް އިފްތިތާޙްކޮށްފި!

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާޙް ކުރުން. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 01:07

25 އޯގަސްޓު 2024، 01:07

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބެއް އަންނަވަރުގެ މަޝްރޫޢެއް އިފްތިތާޙްކޮށްފިއެވެ.

މިއަދު އިފްތިތާޙްކޮށްފައިވާ މަޝްރޫޢަކީ 9.5 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ.

ތަޢުލީމީ ވުޒާރާއިން މިމަޝްރޫޢު ކުރިއަށް ގެންދަން ނިންމައިފައިވަނީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިޔުކޭޝަން (ޖީޕީއޭ) ގެ ހިލޭ އެހީގެ ދަށުންނެވެ. މިމަޝްރޫޢަށް ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ 9.5 މިލިއަން ޑޮލަރު ދީފައެވެ.

މިމަޝްރޫޢު އިފްތިތާޙް ކޮށްފައިވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފެވެ.

މި މަޝްރޫޢުގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ.

ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ.

ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މި ޕްރޮޖެކްޓުގެ ވެބްސައިޓާއި އަދި ޕޮރޮގްރާމު ޑޮކިއުމަންޓް އިފުތިތާޙް ކޮށްދެއްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco