Ads by Exprox

ޚަބަރު

އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޒުކަމުގެ ސަނަދު ބަލައިގަތުމަށް ނިންމައިފި

އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޒުކަމުގެ ސަނަދު ބަލައިގަތުމަށް ނިންމައިފި

2024 ވަނަ އަހަރު ޙާފިޒު ކަމުގެ ސަނަދު ހަވާލު ކުރުމުގެ ތެރެއިން- ފޮޓޯ-އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

09 މާރިޗު 2025، 02:22

09 މާރިޗު 2025، 02:22

ޙާފިޒުންނަށް ދޭ ސަނަދު އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ބަލައިގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން  ނިންމައިފިއެވެ. 

ޙާފިޘުކަމުގެ ސަނަދު ލެވެލް 4ގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް 2 ޝަރުތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯވަރ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާންޖެހެއެވެ. އަދި 18 އަހަރު ފުރިހަމަވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކުރަންޖެއެވެ.

މިހާތަނަށް ޙާފިޒުންނަށް ސަނަދު ހަވާލުކުރަމުން އަންނަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުންނެވެ. އެގޮތުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޒުކަމުގެ އިމްތިޙާނު ހެދުމަށް އެދި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދެއެވެ. އިމްތިހާނަށްފަހު ހާފިޒުކަމުގެ ސަނަދުދެއެވެ.

ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މީގެކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެމްކިޔުއޭއާއެކު މަޝްވަރާކުރައްވާފައި ވެއެވެ. އަދި މިހާރު މިވަނީ ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ފައްތާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS