ޚަބަރު
ރާއްޖޭގެ އެކި ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ، މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުގެ އިލްތިމާސް!
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރުން
ފަރުދުން
26 ސެޕްޓެމްބަރު 2024، 11:52
26 ސެޕްޓެމްބަރު 2024، 11:52
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ވިދަޅުވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށިގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">White Alert for heavy rain,strong winds and rough seas. <a href="https://t.co/dWGUW7C28X">pic.twitter.com/dWGUW7C28X</a></p>— Maldives Meteorology (@MetMaldives) <a href="https://twitter.com/MetMaldives/status/1839119194467741831?ref_src=twsrc%5Etfw">September 26, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިއްޔެއިން ފެށިގެން ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މިގޮތުން މިއަދު މުޅި ރާއްޖޭގެ ކަނޑުތައްވެސް ގަދަ ކަމަށާއި، ޚާއްސަކޮށް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.