Ads by Exprox

ޚަބަރު

އެއްވެސް ބޭފުޅެއްގެ ދީނީ ޚިދުމަތަށް އުނިކަމެއް އަންނަ ކަމެއް އިސްލާމީ ވުޒާރާއިން ނުކުރާނެ: ވަޒީރު ޝަހީމް

އެއްވެސް ބޭފުޅެއްގެ ދީނީ ޚިދުމަތަށް އުނިކަމެއް އަންނަ ކަމެއް އިސްލާމީ ވުޒާރާއިން ނުކުރާނެ: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 03:24

25 އޯގަސްޓު 2024، 03:24

އެއްވެސް ބޭފުޅެއްގެ ދީނީ ޚިދުމަތަށް އުނިކަމެއް އަންނަ ކަމެއް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނުކުރާނެ ކަމަށް އިސްލާމީކަންތައްކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ޚިދުމަތް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށް އެހީތެރިކަން ދިނުމުގެ ބައިވެރިއެއްގެގޮތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ދެމި އޮންނާނެ ކަމަށެވެ. އަދި އެއްވެސް ބޭފުޅެއްގެ ދީނީ ޚިދުމަތަށް އުނިކަމެއް އަންނާނެ ކަމެއް އެ ވުޒާރާއިން ނުކުރާނެ ކަމަށެވެ.

އެއްވެސް ބޭފުޅެއްގެ ދީނީ ޚިދުމަތަށް އުނިކަމެއް އަންނަ ކަމެއް އިސްލާމީ ވުޒާރާއިން ނުކުރާނެ: ވަޒީރު ޝަހީމް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2024ގެ ތެރެއިން


ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ އިސްލާމީ ވުޒާރާގެ ކާމިޔާބީގެ އެންމެ ބޮޑު ޚިއްސާދާރަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަމަށެވެ. 

ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތަކަށް ނަސްރުދޭނެ ސަރުކާރެއް ޤާއިމްވެފައި އޮތުމަކީ އިސްލާމް ދީނުގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މީސްތަކުންނާއި ހަމައަށް ހިދާޔަތު ގެންގޮސްދިނުމަށް ލިބޭ ވަރަށް ބޮޑު އަގުހުރި ރަނުގެ ފުރުސަތެއްކަން ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މަހާސިންތާގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco