ޚަބަރު
18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 3 ކުންފުންޏަކަށް

18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 3 ކުންފުންޏަކަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނަށެވެ.
އެގޮތުން ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން 4 ސުކޫލެއްގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މީގެ ތެރެއިން 2 ސުކޫލެއްގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލު ކޮށްފައިވާއިރު ބާކީ 12 ސުކޫލެއްގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި އެ ތިން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ރަށްރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާއި ހަވާލު ކުރަމުންނެވެ. އެގޮތުން ކުނި މެނޭޖްކުރުމަށް ޙާއްޞަ ސައިޓް ތަކާއި، ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމާއި ސްކޫލު ތަކުގެ ނުނިިމި ހުރި މަސައްކަތްތައް ހަވާލުކުރުން ހިމެނެއެވެ.