ޚަބަރު
ކަޅުތެޔޮ ޖެހި މައްސަލަ ތަޙުޤީޤުކުރުމަށް އެޗްއާރުސީއެމްއިން ގޮވާލައްވައިފި
އެޗްއާރސީއެމްގެ ނައިބުރައީސް އަދި ބައެއް މެމްބަރުން- ފޮޓޯ: އެޗްއާރުސީއެމް
އެމް.ޑީ.ޕީގެ 2 މެމްބަރެއްގެ ގަޔަށް، ކާކުކަން ނޭނގޭގޮތަށް ކަޅުތެޔޮ ޖަހާފައިވާތީ އެކަން ތަހުޤީޤުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރސީއެމް އިން ގޮވާލައިފިއެވެ.
އެޗްއާރސީއެމް އިން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން،2025 މާރިޗު 17 ވަނަ ދުވަހުގެ ރޭ އެމް.ޑީ.ޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށްފަހު ދަންވަރުގެ ވަގުތެއްގައި ގެއަށް ދިޔަ މަގުމަތީގައި އެމް.ޑީ.ޕީގެ 2 މެމްބަރެއްގެ ގަޔަށް، ކާކުކަން ނޭނގޭގޮތަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަޅުތެޔޮ ޖަހާފައިވާތީ އެކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދިމިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮންނަ ތަޙްޤީޤީ އިދާރާތަކާއި މުއައްސަސާތަކުން މިފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށާއި، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުޤީޤުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް އެޗްއާރުސީއެމްއިން ގޮވާލާފައިވެއެވެ. އެޗްއާރސީއެމް އިން ވިދާޅުވީ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއްބަޔަކު އަނެއްބައެއްގެ ހައްޤުތަކަށް އިހްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް އަމަލެއް ނުކުރުމަށް އެޗްއާރްސީއެމްއިން އިލްތިމާސް ކޮށްފައިވެއެވެ.
އަސްލަމު
18/03/2025 01:52
ކީކޭ ބުނާނީދޯ މި މީހުން މީހުނައް ފައިސާ ދީގެން މިކަހަލަ ޖަރީމާ ހިންގާފަ މިއުޅެނީ ރައީސްގެ އާއިލާ ބޮލުގަ އިލްޒާމު އަޅުވަން ހެޔޮނުވާވެ މި ރޯދަމަހު ތިކަހަލަ ދޮގު ބުނާކަށް މިއުޅެނީ ބޯހުދު އިއްދައިން ކެޑިފަ އިން މަންދިޔެގެ މަސްސަލަ އޮއްބާލަންދޯ ކުޑަކުދީންގެ ހައްގައް އަރާފަ
އެފްޒެޑު
18/03/2025 03:37
އެޗުއާރު ސީއަކަށްހަގީގަތާއި ހިލާފަށްމައުސޫމު ކުޑަކުދިންގެ ހައްގުތަކަށް އަރައިކަތުމަކީ މައްސަލައެށް ކަމަކަށްނުވިއުމީ އަޖާއިބުވާންޖެހޭކަމެށް.
އެފްޒެޑް
18/03/2025 03:42
އެންޑީޕީން ކުރާމުޒާހަރާތަކުގައި ހަގީގަތާއި ހިލާފަށް މީސްމީހުންގެ އަބުރުކަތިލުމަކީ ވެސް އެޗްއާރުސީއެމް އަށްފެންނަ ކަމަމަކަށް ނުވޭ މީވަރަށްހިތާމަމަހުރިކަމެށް.