Ads by Exprox

ޚަބަރު

ފަހު ދިހައަށް މަޖިލިސްވެސް މެދުކަނޑާލަނީ

ފަހު ދިހައަށް މަޖިލިސްވެސް މެދުކަނޑާލަނީ

މަޖިލިސް އިދާރާ- ފޮޓޯ: ރައީސް އޮފީސް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

19 މާރިޗު 2025، 03:00

19 މާރިޗު 2025، 03:00

ރަމަޟާންމަހުގެ ފަހު ދިހައަކަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.

މިކަން އިޢިލާނު ކުރެއްވީ މިއަދުގެ ޖަސްލާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އަންނަ މަހު 7  ގައި ކަމަށެެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަޅުގަނޑުމެން މިކުރިމަތިލަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ކަމަށާއި، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10ގައި ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދެވުމަށް އިހްލާސްތެރިކަމާއި އެކު އިލްތިމާސް ކުރައްވާ ކަމަށެވެ.

ހަމައެއާއެކު، މި މާތް މައްސަރުގެ ސަވާބާ ދަރުމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް ކަނޑިނޭޅި ހިތްވަރާއި، ހިތްމަތާ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް މަޖިލީހުގެ ރައީސް ނަސޭޙަތްތެރި ވިއެވެ. ޢަބްދުއްރަޙީމް އިތުރަށް ވަނީ، މި ބަރަކާތްތެރި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް އުފާ ފާގަތި މައްސަރެއް ކަމަށް ލައްވައި، އަދި މިމަހުގެ ސަވާބާ ދަރުމަ އަޅުގަނޑުމެން ހުރިހާ އެންމެނަށް ފުރިހަމަ ގޮތުގައި ލިބޭނެ ހުރިހާ މަގެއް ފަހިކޮށް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.

މިޖިލިސް ނިންމާލަމުން ޢަބްދުއްރަޙީމް ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަަށެވެ.

ފިޠުރު ޢީދު ބަންދާއެކު ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު މިހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ. އެއީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައި ވާތީއެވެ.  ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް ގިނަ ވަގުތު ދެއްވުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS