ޚަބަރު
ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަ މައްސަލަ ފުލުހުން އޭސީސީ އަށް ފޮނުވައިފި
ޕަބްލިކް ސަރވިސް މީޑީއާ: ފޮޓޯ- އެޑިޝަން އެމްވީ
ފަރުދުން
28 ސެޕްޓެމްބަރު 2024، 04:51
28 ސެޕްޓެމްބަރު 2024، 04:51
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ތިޖޫރިން ނުވަ މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑީއާއަށް ފޮނުވި މެސެޖެއްގައިވަނީ ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ކޮރަޕްޝަންގެ މައްސަލަަތައް ތަޙުޤީޤު ކުރުމުގެ އިޚުތިޞާޞް އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމުގައެވެ. އެހެން ކަމުން އެ މައްސަލަ ފުލުހުން އޭސީސީއަށް ފޮނުވާފައިވާކަމަށްވެސް އެ މެސެޖުގައި ވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން، ގިނަ ޢަދަދެއްގެ ފައިސާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ ކުންފުނިން ގެއްލިފައި ވަނީ 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކައުންޓަށް ޖަަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާ އާއި 2017 އިން 2024 ވަނަ އަހަރުގެ އޭޕްރީލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ހުރި 190،000ރ. އެވެ.
އޭރު ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައި ހުރީ އަޙުމަދު ޙަނީފެވެ. މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ސަސްޕެންޑް ކުރުމަށް ފަހު، މެއި މަހު ވަނީ ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި ޕީއެސްއެމް އިން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.