ދުނިޔެ

ޤައުމުތަކުން ދޭ އެހީ ކުއްލިއަކަށް މަދުވުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރަައްކާ: ޔުނިސެފް

ޤައުމުތަކުން ދޭ އެހީ ކުއްލިއަކަށް މަދުވުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރަައްކާ: ޔުނިސެފް

ޔުނިސެފްއިން ނައިޖީރިއާގެ ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުމަށް ހިންގާ ޕްރޮގްރާމެއްގެ ތެރެއިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މާރިޗު 2025، 12:10

22 މާރިޗު 2025، 12:10

ދުނިޔޭގެ އެކި ގައުމުތަކުން ދޭ އެހީ ކުއްލިއަކަށް މަދުވުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އދ. ގެ ކުޑަކުދިންގެ ޖަމްއިއްޔާ ޔުނިސެފްއިން ބުނެފިއެވެ. މިގޮތުން ނައިޖީރިއާ އަދި އިތިއޯޕިއާގައި އެކަނިވެސް އެއް މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ ލިބުން ހުއްޓިދާނެ ކަމަށް އެ ޖަމްއިއްޔާއިން ވަނީ އިންޒާރު ދީފައެވެ.

ޔުނިސެފްގެ ޑެޕިއުޓީ ޗީފް ކިޓީ ވަން ޑަރ ހެއިޖްޑެން ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ރައީސްކަމަށް އައުމަށްފަހު ބޭރު އެހީ ހުއްޓާލުމުން ދުނިޔޭގެ އިންސާނީ އެހީގެ ޖަމްއިއްޔާތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިތިއޯޕިއާގެ އަފާރު ސަރަހައްދާއި ނައިޖީރިއާގެ މައިދުގުރީ ސަރަހައްދަށް ކުރެއްވި ދަތުރުފުޅުގައި މި ކަމުގެ ނޭދެވޭ އަސަރުތައް ފެނިވަޑައިގަތް ކަމަށެވެ.

މި ދެ ގައުމުގައި ފަންޑުގެ ދަތިކަން ހުރުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ފަސް އަހަރުން ދަށުގެ 1.3 މިލިއަން ކުޑަކުދިންނަށް ބޭނުންވާ ނާޒުކު ފަރުވާ ނުލިބި، އެ ކުދިންގެ ފުރާނައަށް ނުރައްކާވެދާނެ

ކިޓީ

އިތުރު ފައިސާ ނުލިބިއްޖެނަމަ، ކުޑަކުދިންނަށް ދޭ ޚާއްޞަ ކާނާ (ރެޑީ-ޓު-ޔޫސް-ތެރަޕިއުޓިކް-ފުޑް) ހުސްވެދާނެ ކަމަށް ޔުނިސެފްއިން ބުނެފައިވެއެވެ. އިތިއޯޕިއާގައި މޭ މަހުގައި މި ކާނާ ހުސްވެދާނެ ކަމަށާއި، ނައިޖީރިއާގައި މި މަހާއި މޭ މަހުގެ ނިޔަލަށް ހުސްވެދާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

މި ފަންޑިންގ ކްރައިސިސްގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެދާނެ. އަދި މިއީ ހުއްޓުވޭނެ ކަމެއް

 ކިޓީ
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS