ޚަބަރު
މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނަރަލް ގެ މަގާމަށް މަޢުޞޫމް
ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނަރަލް ގެ މަގާމަށް އައްޔަނު ކުރެއްވިމަޢުޞޫމް- ފޮޓޯ: ޕީއެސްއެމް
ފަރުދުން
24 މާރިޗު 2025، 09:58
24 މާރިޗު 2025، 09:58
މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނަރަލް ގެ މަގާމަށް އަލްފާޟިލް އަޙްމަދު މަޢުޞޫމް އައްޔަންކޮށްފިއެވެ.
މެނޭޖުމެންޓު ދާއިރާގެ ތަޖުރިބާ ލިބިފައިވާ އަޙްމަދު މަޢުޞޫމް އަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވަައި ސިއްހީ ހިދުމަތުގެ ތަޖުރިބާވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ. މައުޞޫމް މި މަޤާމަށް އައްޔަނުކޮށްފައި މިވަނީ ބްލަޑް ސަރވިސަސްގެ ހިދުމަތް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުން އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ފެންމަތި ކުރުވުމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ފަހުގައެވެ. މި ޒިޔާރާތައްފަހު ބްލަޑް ސަރވިސަސްގެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ކަމާ ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވަވާފައެވެ.
މީގެ އިތުރުން ބްލަޑް ސަރވިސަސް އަށް ފިޒީޝަނަކާއި، މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ސިއްޚީ ވުޒާރާއިން ވިދާޅުވެއެވެ. އަދި އިދާރީ މުވައްޒަފު ހަމަޖެއްސުމުގެ މަސައްކަތްވެސް ހިނގަމުން ދާކަމަށް ވިދާޅުވިއެވެ.
ނަސީން
24/03/2025 22:42
ހުރިހާ ސަރުކާރު އޮފީސް ތަކެއްގެ ވެސް ވަޒީފާގައި ގިނަދުވަހު ތިއްބެވި ހިދުމަތްގެރި މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދެއްވަން އެބަޖެހޭ! އޭރުން އެތަންތަނަށް އިތުރު ކުރިއެރުމާއި ހަރުދަނާކަން ލިބިގެންދާނެ! މިހާރު އޮފީސްތަކުގައި އެބަތިބި ކުރިއެރުން ނުލިބި އެތައް އެތައް އަހަރެއް ވެފައި ތިބި ތަޖުރިބާކާރު ހިންގުންތެރި ސްޓާފުން!