Ads by Exprox

ޚަބަރު

އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިއްޖެ

އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިއްޖެ

ފޮޓޯ: ޞިއްޚީ ވުޒާރާ

farudhun logo

ފަރުދުން

24 މާރިޗު 2025، 10:13

24 މާރިޗު 2025، 10:13

މެޑިސިން ކިޔަވާ ދަރިވަރުންނަށް އިތުރު ފަސް ކޮލެޖެއްގައި އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހަމަޖެހިފައިވާކަމަށް ޞިއްޚީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމް.ބީ.ބީ.އެސް އިންޓަރޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

ނަމަވެސް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތާ ގުޅިގެން، ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޓަރންޝިޕް ފުރުސަތު ލިބިފައިވާ ކޮލެޖް ތަކަކީ: 

ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު
މައިމެންސިންހު މެޑިކަލް ކޮލެޖު
ރަޖްޝާނީ މެޑިކަލް ކޮލެޖު
ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ
ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖު

މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެވެ. ސިއްޚީ ވުޒާރާއިން ވިދާޅުވީ  ބަންގްލަދޭޝް އިން އިންޓަރޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން އެ މިނިސްޓްރީގެ training@health.gov.mv އީމެއިލް ރިކުއެސްޓް ފޮނުވުމަށް އެދިފައިވެއެވެ.

އިންޓަރޝިޕް ފުރުޞަތު ރާއްޖެއިންވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމާއި އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓަރންޝިޕް ފެށުމަށް ހެލްތު ނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS