ޚަބަރު
ހޮޅުދޫ އަދި ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީސް ގެންގޮސްފި

ހޮޅުދޫ އަދި ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީސް
އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވާ 4 ރަށުގެ ތެރެއިން ހޮޅުދޫ އަދި ވެލިދޫގައި އެކްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީސް އެރައްތަަކަށް ގެންގޮސްފިއެވެ.
4 ރަށެއްގައި އެކްސްރޭ ޚިދުމަތް ފެށުމަށް ތައްޔާރު ވެފައިވާކަން ސަރުކާރުން ޢިއުލާނު ކުރެއްވީ މިދިޔަ ހަފްތާގައެވެ. ސިއްޚީ ވުޒާރާއިން ވިދާޅުވީ އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވަނީ ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ، އަދި އދ.މާމިގިލީގައި ކަމަށެވެ. މި ރަށްތަކުގައި މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް މިހާރު މިވަނީ ފަށާފައެވެ. އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.