ޚަބަރު
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް އައިޔޫއެމްއާއެކު މަޝްވަރާކޮށްފި

ފޮޓޯ:ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ފަރުދުން
28 މާރިޗު 2025، 01:06
28 މާރިޗު 2025، 01:06
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއެކު މަޝްވަރާކޮށްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސިގްނޭޗަރ ރިސަރޗް ޕްރޮގްރާމުތައް ފެށުމާއި، ސިންތާތައް މުއްސަނދިކުރުމާއި، އެ ވުޒާރާގެ މުވައްޒަފުންނަށާއި މި ދާއިރާގެ ބޭފުޅުންނަށް ހިންގޭ ތަމުރީނުތަކަށް ޢިލްމީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރާ ކޮށްފައިވާކަމަށެވެ.
މިކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ.އާމިނަތު ޝާފިޔާ އާދަމްއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކަށް ތަމުރީނުކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމާއި އެ ފަރާތްތަކަށް ދެވޭނެ ތަމުރީނުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ރިސާޗްކުރާ ފަރާތްތަކަށް ދޭނެ ތަމުރީނުތަކާ ގުޅޭ ގޮތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.