ޚަބަރު
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެއްބާރުލުން ނުދެއްވާ- ޝަމްޢާން
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން- ފޮޓޯ: ވަގުތު
ފަރުދުން
30 ސެޕްޓެމްބަރު 2024، 11:08
30 ސެޕްޓެމްބަރު 2024، 11:08
ރާއްޖޭގައިޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެއްބާދުލުން ނުދިނުމަށާއި އެމީހުންޤަވާޢިދަށް ފެއްތުމަށް އެހީތެރިކަން ދެއްވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން އިއްޔެ ފެށި އޮޕަރޭޝަނަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ މި އޮޕަރޭޝަންތަކުގައި އާންމުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގައި އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެފަރާތްތަކަށް އެއްބާރުލުން ދޭނަމަަ އެއީ އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްޢާން ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މި ތިން އަހަރުގެ ތެރޭގައި އެއްކޮށް ހައްލު ކުރުން ކަމަށެވެ. މިހާރު އެމަސައްކަތް ފެށިފައިވާކަން ފާހަގަ ކުރައްވަމުން ޝަމްޢާން ވިދާޅުވީ ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށެވެ. އަދި ރިކޯޑްނެއް ފަރާއްތައް ކުރަގި އޮޕްރޭޝަންގެ ތެރެއިން ރަޖިސްޓަރ ވެވިގެން ދާނެ ކަމަށާއި އެންފޯސްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަތް ދާކަމަށް ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ އޮޕަރޭޝަން ތަކުގެ ނަތީޖާ ފެންނަމުންދާކަމަށެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ %95 މީހުން އެ އޮފީހަށް ހާޒިރުވިކަން ޝައްމާން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެ އިމިގްރޭޝަނާ މެދު އޮންނަ އިތުބާރު ބޮޑު ވެގެންދާތަން ފެންނަ ކަމަށް ޝަމްޢާން ފާހަގަ ކުރެއްވިއެވެ. ޝަމްޢާން ވިދާޅުވީ އެ ގޮތުގައި އިތުބާރު ކުރެއްވުމަށާއި އާންމު ރައްޔިތުން "ޑިސްއެޕޮއިންޓް" ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކޮށްފައިވެއެވެ. މި ހަރަކާތުގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތް ދިނުން ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.