Ads by Exprox

ޚަބަރު

ތިން ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން މަރުކަޒު އެޅުން އާރްޑީސީއާ ހަވާލުކޮށްފި

ތިން ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން މަރުކަޒު އެޅުން އާރްޑީސީއާ ހަވާލުކޮށްފި

ޑްރަގް ރިހެބިލިޓޭޝަން މަރުކަޒު އެޅުން އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

farudhun logo

ފަރުދުން

29 މާރިޗު 2025، 01:03

29 މާރިޗު 2025، 01:03

މަސްތުވާތަކެތި ބޭނުންކުރާ ފަރާޓްތަކަށް ފަރުވާދޭ މަރުކަޒުތަކެއް އަތޮޅު ތެރޭ ތިން ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. 

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ގާއިމުކުރާން ނިންމާފައިވަނީ ލ.ގަން، ނ.ވެލިދޫ އަދި ކ.ކާށިދޫގައެވެ. 

މަސްތުވާތަކެެއްޗަށް ދެވިހިފާފައިވާ މީހުން މުޖުތަމައުން އެކަހެރިނުކޮށް އެމީހުންނަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މުޖުތަމައުން އެކަހެރިނުކޮށް ފަރުވާ ދިނުމަކީ އެކުދިން އަނބުރާ މުޖުތަމަައަށް ގެނައުމުގައި އެންމެ ކާމިޔާބު ވައްޓަފާޅިއެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS