ޚަބަރު
މިމަހުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 2 މިލިއަން ރުފިޔާ ދޫކޮށްފި

ދިވެހި މަސްވެރިންތަކެއް މަސައްކަތުގައި
ފެށިގެން ކުރިއަށް މިދާ އޭޕްރީލް މަހުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ބުނެފައިވަނީ މި ފައިސާއަކީ 1 އޭޕްރީލް ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށެވެ.
މިފްކޯއިން ހާމަކޮށްފައިވާގޮތުގައި 3 އޭޕްރީލް އާ ހަަމައަށް މަސްވެރިންނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ވަނީ ނިމިފައެވެ.
1 އޭޕްރީލް ވަނަ ދުވަހު 19 ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 2،090،971 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މަސްވެރިން މަސްކިރުވާތާ 48 ގަޑިއިރުތެރޭ ފައިސާ ހަވާލުކުރުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. އެވަޢުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން މަސްކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ހަަވާލުކުރަމުންއަންނަ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިސަރުކާރުން، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވައި އެކަންކަން ތަންފީޒުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.