Ads by Exprox

ޚަބަރު

މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށްފި

ތެލެސީމިޔާ ސެންޓަރު އަދި ބްލަޑް ސާވިސަސް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2025، 03:49

04 އޭޕްރީލު 2025، 03:49

މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށްފިއެވެ. 

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ޚިދުމަތްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައިވާ ކަމަށެވެ. 

އެގޮތުން އެ ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ.ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 އިން ރޭގަނޑު 20:00 އަށެވެ. އެހެން ނަމަވެސް މިހާރު މިވަނީ އެތަނުން ޚިދުމަތްދޭ ވަގުތު އެއްގަޑިއިރަށް މިވަނީ އިތުރުކޮށްފައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތް ދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް:

  • (ހޮނިހިރު - ބުރާސްފަތި)އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން - 08:00 – 20:00
  • ( ހޮނިހިރު – ބުދަ )ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން - 08:00 – 20:00
  • ( ބުރާސްފަތި )ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން - 08:00 – 17:45
  • ތެލަސީމިއާ ސްކްރީނިންގ - 08:30 – 13:00
  • ތެލަސީމިއާ ކާޑް ދޫކުރުން - 08:00 – 14:00
  • ޑޯނަރުން ގައިން ލޭ ނެގުން - 08:00 – 19:45
  • ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން - 08:00 – 19:30
  • ( ހުރިހާ އުމުރު ފުރައަކަށް )ލޭ ގުޅައިދިނުން (1 ޔުނިޓް) - 08:00 – 16:30
  • ( ހުރިހާ އުމުރު ފުރައަކަށް )ލޭ ގުޅައިދިނުން (2 ޔުނިޓް) - 08:00 – 14:30
  • ޑޮކްޓަރަށް ދެއްކުން - 08:00 – 20:30

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މިހާރު ނިންމަވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS