Ads by Aqeeqa Maldives

ޚަބަރު

މާލެއިން ވިލިގިއްޔަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފި

މާލެއިން ވިލިގިއްޔަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފި

ގއ. ވިލިނގިއްޔަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ޕެކޭޖު، ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2025، 02:08

06 އޭޕްރީލު 2025، 02:08

މާލެއިން ފުރައިގެން ގއ. ވިލިގިއްޔަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މި ޕެކޭޖު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ވިލިގިއްޔަށް އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެކެވެ. 

އެގޮތުން ފުލުހުންނަށް ލިބުނު މަޢުލޫމާތާ ގުޅިގެން، މި ބޯޓު ވިލިނގިލި ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 231 ގްރާމް ހުއްޓެވެ. 

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS