ޚަބަރު
ތ އަތޮޅާއި ނ އަތޮޅުގައި މިމަހު ޑަޔަލިސިސް ގެ ޚިދުމަތް ފަށަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޑަޔަލިސިސްގެ ޚިދުމަތްދޭ ސެންޓަރެއް ބައްލަވާލައްވަނީ
ތ އަތޮޅުގައި މިމަހު ޑަޔަލިސިސް ގެ ޚިދުމަތް ފަށުމަށް ނިންމައިފިއެވެ. ސިއްޚީ ވުޒާރާއިން ވިދާޅުވީ މި ޚިދުމަތް އަންނަ ހަފްތާގައި ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ތ އަތޮޅުުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ އެއަތޮޅުގެ ވޭމަންޑޫގައެވެ. މީގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ސިއްޚީ ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ. ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށި ހުރި އއ،އދ،ވ،މ،ފ އަދި ދ އަތޮޅުގައެވެ.