Ads by Exprox

ޚަބަރު

"އަހާ" ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލައިފި

"އަހާ" ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލައިފި

އަހާ ފޯރަމްގައި ޖަވާބުދެއްވުމަށް ހަމަޖެހިފައިވާ ވަޒީރުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 04:07

10 އޭޕްރީލު 2025، 04:07

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފޯރަމް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 9:00 ގައި ޓީވީއެމް ސްޓޫޑިއޯގައެވެ.

މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނެ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޚްސާން، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް، އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ މަރިޔަމް މާރިއާ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރެއްވުމަށް ޕީއެސްއެމް އެއަރ ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ފުރުޞަތު ދެވިފައިވެއެވެ. އެސްއެމްއެސް ކުރައްވާނީ "އޭއެޗް" ޖައްސަވާފައި ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު ސުވާލު ލިޔުއްވާފައި 300 އަށެވެ.

ރައްޔިތުންގެ ސަރުކާރުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެހުމުގެ  އެހުމުގެ ފުރުޞަތު ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ފޯރަމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ގުޅުން ބަދަހިކޮށް، ރައްޔިތުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ވަޒީރުންނާ ހިއްސާކުރުމުގެ މުހިންމު ފުރުޞަތެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS