Ads by Aqeeqa Maldives

ޚަބަރު

ތުރުކީގެ ވިޔަފާރި އާއި ބެހޭ ވަޒީރާއި ރާއްޖޭގެ ހާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

ތުރުކީގެ ވިޔަފާރި އާއި ބެހޭ ވަޒީރާއި ރާއްޖޭގެ ހާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

ތުރުކީގެ ވިޔަފާރި އާއި ބެހޭ ވަޒީރާއި ރާއްޖޭގެ ހާރިޖީ ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: ޚާރިޖީ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޭޕްރީލު 2025، 08:00

11 އޭޕްރީލު 2025، 08:00

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިޔަށްދާ "އަންތާލިޔާ ޑިޕްލޮމަސީ ފޯރަމް"ގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ވިޔަފާރި އާއި ބެހޭ ވަޒީރު، ޑޮކްޓަރ އޮމަރު ބޮލަޓްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. 

ހާރިޖީ ވަޒީރު މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށެވެ. މިއީ މި މަހުގެ 11 އިން 13 އަށް ކުރިޔަށްދާ ފޯރަމެކެވެ.

ތުރުކީވިލާތުގެ ވިޔަފާރި އާއި ބެހޭ ވަޒީރާއިއެކު ބޭއްވެވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ތުރުކީވިލާތާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، މި ވިޔަފާރި ގުޅުންތަކާއެކު ދެ ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ހޯދޭނެ ގޮތްތަކާ ގުޅިގެން ވެސް މަޝްވަރާކުރެއްވެވިއެވެ. 

މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މީގެ އިތުރުން ވެސް، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް މަންދޫބުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS