Ads by Aqeeqa Maldives

ޚަބަރު

ކުނބުރުދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފި

ކުނބުރުދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފި

ކުނބުރުދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފައި، ފޮޓޯ: އާރުޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޭޕްރީލު 2025، 08:31

11 އޭޕްރީލު 2025، 08:31

އދ. ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައިފިއެވެ.

އެ ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބުރުވަރީ މަހެވެ.

އާރުޑީސީއިން ސޯޝަލް މީޑީއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ގެންދިއުމަށްފަހު، މިހާރު އެ ތަކެތި އަންލޯޑު ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.

މި ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް އެޅުމާއި އަދި ލައިޓިންގ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ދަނޑަށް އިތުރު ކުރެވުނު ބަޔާއެކު މުޅި ދަނޑުގެ ވަށާފާރާއި، ފެންސް މާރާމާތު ކުރުމާއި، ދަނޑަށް އިތުރު ކުރެވުނު ބައިގައި ކާނުލުން އަދި ދެ ކާނު ދޭތެރޭގައި ސްކްރީޑެއް އެޅުމާއި، ގޭޓު ހަރުކުރުމަށްވެސް ހިމެނެއެވެ.



މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 4،900،741.92 (ހަތަރު މިލިޔަން ނުވަ ލައްކަ ހަތް ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ލާރި) އަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS