Ads by Aqeeqa Maldives

ޚަބަރު

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ހުޅުވައިފި

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ހުޅުވައިފި

ތުރުކީވިލާތުގައި ދިވެހި އެމްބަސީ ހުޅުވުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފޮރިން މިނިސްޓްރީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޭޕްރީލު 2025، 08:52

15 އޭޕްރީލު 2025، 08:52

ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ހުޅުވައިފިއެވެ. ތުރުކީވިލާތުގައި ދިވެހި ކޮންސިއުލާރ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދިދަ ނެގުމުގެ ޙާއްސަ ރައްމިއްޔާތަކާއެކު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މި ޚިދުމަތާ ގުޅިގެން ހާރިޖީ ވަޒީރު ވިދާޅުވީ، މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށާއި، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

ހާރިޖީ ވަޒީރު ސިފަކުރެއްވީ، މިއީ ދެ ޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއްގެ ގޮތުގައެވެ.

އެމްބަސީގެ ޚިދުމަތް އިފްތިތާޙު ކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާރިޖީ ވަޒީރު ވިދާޅުވީ، އެ އެމްބަސީއާއެކު ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ހޯދުމަށާއި، ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ދިވެހި ރައްޔިތުންނަށް ފަސޭހަވެގެން ދާނެކަމަށެވެ.



ތުރުކީއަކީ މިފަހަކަށް އައިސް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ޤައުމެކެވެ. އަދި ކޮންމެވެސް މިންވަރަކަށް މި ޤައުމުގައި ދިވެހި ކިޔަވާ ކުދިންވެސް ދިރިއުޅެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS