Ads by Exprox

ޚަބަރު

މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި

މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި

މ.މުލަކުގެ ފުޓްބޯޅަ ދަނޑު

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

16 އޭޕްރީލު 2025، 10:55

16 އޭޕްރީލު 2025، 10:55

 މ. މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މުލަކުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް މިދިޔަ ސަރުކާރުން ނިންމި ނަމަވެސް، ސަބްބޭސް އަޅާފައި ހުރިގޮތުން ވާރޭވެހޭއިރު ދަނޑުގައި ފެންބޮޑުވެ ގެއްލުންތައްވާތީ، މިދިޔަ އަހަރު ކުޅިވަރު ވަޒީރު މުލަކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި ރަށުގެ ޒުވާނުންވަނީ ދަނޑުގެ މައްސަލަ ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން މުލަކު ރައްޔިތުން ބޭނުންވި ގޮތަށް ކުރިން އަޅާފައިވާ ސަބް-ބޭސް ރަނގަޅުކޮށް، ކާނުތައް އަލުން ހަދައި، ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަކޮށްފައިވާކަމަށްވެސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މުލަކުގައި ޤާއިމްކުރެވުނު މި ފުޓްބޯޅަ ދަނޑަކީ މި ރަށުގެ ކުޅިވަރުގެ ކުރިއެރުމާއި، މުލަކު އަތޮޅުގެ ކުޅިވަރަށް ތަރައްޤީކުރެވުނު މުހިންމު ވަސީލަތެއް ކަންވެސް އެވުޒާރާއިން ފާހަގަކުރެއެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މ. މުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެރަށު ކައުންސިލުން ތަރައްޤީކުރި ލައިސެންސް ޓްރެކް އަދި ފެރީ ޓާމިނަލްވެސް ވަނީ ހުޅުއްވާ ދެއްވާފައެވެ. ސަރުކާރުން ދަނީ ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުން އެދޭގޮތަށް ދަނޑުތައް ތަރައްޤީކޮށް އަލުން ހުޅުވައިދެމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS