ޚަބަރު
ޕޯސްޓްމޯޓަމަށްފަހު ޢަބްދުލް ޣަނީ އިސްމާޢީލްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި
ފޮޓޯ: މާފުށީ ޖަލު
ހުލާސާ
މާފުށީ ޖަލުގައި ދަންޖެހިގެން މިދިޔަ ސެޕްޓެންބަރު މަހު ނިޔާވި ޢަބްދުލް ޣަނީ އިސްމާޢީލް 62، ގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު އާއިލާއާ ހަވާލުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ޢަބްދުލް ޣަނީގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވަނީ 2 އޮކްޓޫބަރު 2024 ވަނަ ދުވަހުއެވެ.
މީނާ ބަންދުކޮށްފައިހުރީ 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައެވެ.
މިދިޔަ ޖުލައިމަހު ބޭއްވުނު ނިއުސް ކޮންފަރެންސްގައި އެކި ތުހުމަތުތަކުގައި ބަންދުގައި ހުއްޓާ މަރުވާ ގައިދީންގެ ޕޯސްޓްމޯޓަމް ހެދުމަކީ ލާޒިމް ކަމެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.