ޚަބަރު
ގަން އެއާރޕޯޓުގެ މަގު ހެދުމުގެ މަސައްކަތުގައި ދިމާވި މައްސަލަ ޙައްލުކޮށްފި

ގަން އިންޓަނޭޝަނަލް އެއާރޕޯޓު ---
ގަން އެއާރޕޯޓުގެ މަގު ހެދުމުގެ މަސައްކަތުގައި ދިމާވި މައްސަލަ މިހާރު ޙައްލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
މި އެއާރޕޯޓުގެ މަގު ހެދުމުގެ މަސައްކަތަކީ، އެއާރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާ ވެސް ގުޅިފައި އޮތް ކަމެކެވެ. އެއީ އެއަރޕޯޓުގައި ތަރައްޤީކުރާ މައި މަގު ހެދުމަށް އެ ސަރަހައްދުގެ ބައެއް ތަންތަން ހުސްނުކުރެވުމުންކަން ވަޒީރު ވަނީ ކުރިން ފާހަގަކުރައްވާފައެވެ.
ގަން އެއާރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތު ޙިއްސާ ކުރައްވަމުން ވަޒީރު މުއްތަލިބު ސޯސަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން އެ ވުޒާރާއަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން، މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރކުއާރޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން މި މިނިސްޓްރީއަށް މިއަދު ވަނީ އަންގާފައެވެ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މި މައްސަލަ ޙަލުކުރުމަށް އޭއައިއޭގެ މެނޭޖްމަންޓުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މައްސަލަ ސަރުކާރުން އެދިވަޑައިގެންނެވި ތާރީޚަށް ޙައްލުވެގެން ދިޔައީ އައްޑޫގެ ރައްޔިތުން އެކަމަށް ބާރު އަޅައި، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި އައްޑޫގެ ރައްޔިތުންނަށްވެސް ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރކުއާރޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ…
— Abdulla Muththalib (@muththo) April 17, 2025
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023ވަނަ އަހަރުގައެވެ. އެހެންނަމަވެސް މަގު ހެދުމުގައި ދިމާވި ހުރަސްތަކާއެކު މިމަސައްކަތް ކުރިއަށްނުގޮސް ދިގުލައިގެންދިޔައެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހާއި ހަމައަށް މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ. އެހެންނަމަވެސް އައްޑޫ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން ވަށައިގެންވާ ރިންގް ރޯޑުގެ މަސައްކަތާއި ޓަރމިނަލްގެ މަސައްކަތް އަދި ނުނިމެއެވެ.