Ads by Aqeeqa Maldives

ޚަބަރު

ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުއްވައިފި

ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުއްވައިފި

ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދު

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

20 އޭޕްރީލު 2025، 11:23

20 އޭޕްރީލު 2025، 11:23

 ފުރަތަމަ ފަހަރަށް ރާއްޖޭގައިއޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުއްވައިފިއެވެ.

މި ޝަރަފް ލިބިވަޑައިގަތީ، މ.ތައިބާ/ފަޟީލަތުއްޝައިޚް އިސްމާއިލް މުޙައްމަދަށެެވެ. ޝައިޚް އިސްމާޢީލަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ. މި އެވޯޑު އެމަނިކުފާނަށް އެރުވީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. މަދީނާ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދިނުމުގެ މަސައްކަތް ފެއްޓެވިއެވެ.

ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި މިވަގުތު ހުޅުމާލޭގައި ދަނީ މިސްކިތެއް ބިނާކުރަމުންނެވެ. މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާރޗް ހެދުމާއިން، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ފަންގިފިލާއަށް ބިނާކުރެވޭ މިސްކިތެކެވެ.

އިސްމާޢީލު މުޙައްމަދަކީ ރާއްޖޭގައި ދީނީކަންކަން ފެތުރުއްވުމުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS