Ads by Aqeeqa Maldives

ޚަބަރު

އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު ފަތްކޮޅު އަރުވައިފި

އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު ފަތްކޮޅު އަރުވައިފި

އޯއައިސީއަށް ކަނޑައެޅުއްވި މަންދޫބު ފަތްކޮޅު އެޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޚާރިޖިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޭޕްރީލު 2025، 09:38

30 އޭޕްރީލު 2025، 09:38

ހުލާސާ


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސ)ީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރުގެ މަޤާމުގެ ފަތްކޮޅު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން ބްރާހިމް ޠާހާއަށް އަރުވައިފި ކަމަށް ޚާރިޖީ ވުޒާރައިން ބުނެފިއެވެ.

އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައިމަރުކަޒުގައި ކަމަށްވެސް ޚާރިޖިއްޔާއިން ބުނެއެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަރީރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސަރީރު އޯއައިސީގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތަށް އޯއައިސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންއަންނަ މަސައްކަތްތައް ހިއްސާކުރައްވާފައިކަމަށްވެސް އެވުޒާރާއިން ބުނެއެވެ. އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި އޯއައިސީގެ މެމްބަރު ގައުމުތައް އެއްބައިވަންތަކުރުމުގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާޢީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ފަލަސްޠީނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އޯއައިސީއާއި މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި ގާތުން މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށްވެސް ސަރީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްވަނީ ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއެކު އޮންނަ ގުޅުން ހަރުދަނާކޮށް އިސްލާމީ ޤައުމުތަކުގެ ކުރިމަގު އުޖާލާކުރުމަށް އޯއައިސީން ކުރަމުން އަންނަ މަސައްކަތް ސެކްރެޓަރީ ޖެނެރަލްވަނީ ހިއްސާކުރައްވާފައެވެ.

ފަތްކޮޅު އެރުވުމުގެ މިރަސްމިއްޔާތުގައި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސެކަންޑް ސެކްރެޓަރީ ރަހުމަތުﷲ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

 57 މެމްބަރު ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމިއްޔާ އޯއައިސީއާއި ދިވެހިރާއްޖެއިން ގުޅުނީ 1976 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS