ޚަބަރު
ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑު މިއަދު 1:00 ޖަހާއިރު

ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: ރައީސް އޮފީސް
ސަރުކާރާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑް މިއަދު މެންދުރު 1:00 ގައި ގެނެސްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
މިއެޕިސޯޑް ރާއްޖޭގެ ބައެއް ޗެނަލްތަކުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލޭނެއެވެ.
މިއީ ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ކުރީގެ ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ހަތަރު އެޕިސޯޑްގެ ރެކޯޑިންގް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ވެސް ބަލާލެވޭނެއެވެ.