Ads by Exprox

ޚަބަރު

ސާފުތާހިރުކަން ކުޑަވެގެން ފޭސް2 ގެ 6 ކެފޭއަކަށް ބަންދު ނޯޓިސް!

ސާފުތާހިރުކަން ކުޑަވެގެން ފޭސް2 ގެ 6 ކެފޭއަކަށް ބަންދު ނޯޓިސް!

ްގަވާއިދާ ޙިލާފަށް އުޅެމުންދިޔަ ބިދޭސީން ތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ- ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

26 އޯގަސްޓު 2024، 05:07

26 އޯގަސްޓު 2024، 05:07

ހުލާސާ

އިމިގްރޭޝަންއިން މަޢުލޫމާތު ދިންގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކު ފޯސް އިން ވަނީ 2024 އޮގަސްޓު 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި ފާސްކޮށްފައިކަމަށެވެ. 

 

ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ 06 ތަނެއް ބަންދުކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވަނީ ނޯޓިސްދީފިއެވެ. 

އިމިގްރޭޝަންއިން މަޢުލޫމާތު ދިންގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކު ފޯސް އިން ވަނީ 2024 އޮގަސްޓު 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި ފާސްކޮށްފައިކަމަށެވެ. 

 ދިވެހި ފުލުހުންގެ ޙިދުމަތާއި، އިކޮނޮމިކް މިނިސްޓްރީއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ގަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީންވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަންއިން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް 2 ގައި ހިންގި މި އޮޕަރޭޝަންގައި ސައްޙަ ވިސާ ނެތިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ 4 ބިދޭސީންނެވެ. މި 4 ބިދޭސީންނަކީވެސް ބަންދުކުރުމަށް ނޯޓިސް ދެވިފައިވާ ކެފޭތަކުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. 

އިމިގްރޭޝަންއިން ވަނީ ދާދި ފަހުން ގަވައިދާ ޙިލާފަށް ހުޅޭ ބިދޭސީންނާއި ސާފުތާހިރު ކަމެއް ނެތި ސިއްހަތައް ނުރައްކާވާ ގޮތައް ކާބޯތަކެތި އުފައްދާ ތަންތަން ރެއިޑް ކުރުމުގެ އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން ކެފޭތަކާއި ސެލޫން އަދި ސްޕާތަކުގައި ސައްޙަ ވިސާނެތި މަސައްކަތްކުރާ ބިދޭސީން ޑީޕޯޓް ކޮށް މިފަދަ ތަންތަން ބަންދުކުރަންވެސްވަނީ ފަށާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco