ޚަބަރު
ރައީސްއަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިި
ރައީސްއަށް މަރުގެ އިންޒާރުދިން މީހާ
ފަރުދުން
09 އޮކްޓޯބަރު 2024، 01:32
09 އޮކްޓޯބަރު 2024، 01:32
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަގެއާގެ އުމުރުން 40 އަހަރުގެ ޢަބްދުﷲ މިޔާދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި ރާއްޖެ އައުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ރައީސް އަށް މަރުގެ އިންޒާރު ދީފައި ވަނީ، އދ.ގެ އާންމު މަޖިލީހުގައި ރައީސް ވާހަކަފުޅު ދައްކަވަނިކޮށް، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. "އަބްލޮރ މިޔާދު ޔޫސުފް" ނަމުގައި އިން މި އެކައުންޓުން ކޮށްފައިވާ ކޮމެންޓުގައި ވަނީ "ކަލޭ މަރާލާނަން! ފްރީ ފަލަސްޠީން" އެވެ. މި މައްސަލައާ ގުޅިިގެން ފުލުހުުން މައްސަލަ ތަޙުޤީގު ކުރަމުންދާކަން އިޢުލާނު ކުރުމުން އެކަމަށް ޖޯކު ޖަހައި، ފޭސްބުކުގައި އިތުރު ޕޯސްޓެއްވެސް އޭނާ ވަނީ ޖަހާފައެވެ.