ދުނިޔެ

34 ވަނަ ޢަރަބި ލީގް ސަމިޓް ޢިރާޤުގައި: އެންމެ މުހިންމު މައުޟޫއަކަށް އޮތީ ޣައްޒާ

34 ވަނަ ޢަރަބި ލީގް ސަމިޓް ޢިރާޤުގައި: އެންމެ މުހިންމު މައުޟޫއަކަށް އޮތީ ޣައްޒާ

ޢަރަބް ސަމިޓަށް ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް އިރާޤަށް ވަޑައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2025، 05:31

17 މޭ 2025، 05:31

ހުލާސާ


34ވަނަ ޢަރަބި ލީގް ސަމިޓް އިރާޤްގެ ބަޤްދާދްގައި މިއަދު ފަށާފައިވާއިރު ސަމިޓްގެ އެންމެ މުހިންމު އަދި އެންމެ އިސް މައުޟޫއެއް ކަމުގައި ހަމަޖައްސައިފައިއޮތީ ޣައްޒާގެ މައްސަލައެވެ.

ސަމިޓްގައި ވާހަކަދައްކަވަމުން ސަމިޓް ކުރިއަށްދާ ޢިރާޤުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ވިދާޅުވީ، އިޒްރާއީލުން ޣައްޒާ އަށާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުން އެތަންތަން އަލުން ބިނާކުރުމަށް އެ ޤައުމުން 40 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ.

ބަޣްދާދުގައި ކުރިއަށްދާ ސަމިޓްގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ސޫދާނީ ވިދާޅުވީ، ހަމަލާތަކުގެ ސަބަބުން ހަލާކުވަމުންދާ އެ ދެ ޤައުމަށް ހަނގުރާމައަށް ފަހު ރިކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެހީތެރިވުމަށް އަރަބި ފަންޑެއް އުފެއްދުމަށް އިރާޤުން ތާއީދުކުރާ ކަމަށެވެ.

އިރާޤުން "ޣައްޒާ އަލުން ބިނާކުރުމަށް 20 މިލިއަން ޑޮލަރު އަދި ލުބުނާން އަލުން ބިނާކުރުމަށް 20 މިލިއަން ޑޮލަރު" ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޫދާނީ އިތުރަށް ވިދާޅުވެފައިވަނީ ޣައްޒާގައި ހިންގާ ޤަތުލުއާންމުތަކާއި ހުޅަނގު އައްސޭރިއާއި ހިފާފައިވާ ސަރަހައްދުތަކަށް ދޭ ހަމަލާތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާ ކަމަށެވެ. އަދި ފަލަސްތީނު މީހުން މަޖުބޫރުކޮށްގެން ގެދޮރުން ބޭރުކުރާ ބޭރުކުރުމާ ވެސް އިރާޤުން ދެކޮޅުކަަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާ ސަލާމަތްކޮށް ޔޫއެންއާރުޑަބްލިއުއޭ އަލުން އެކްޓިވޭޓް ކުރުމަށް ސީރިއަސް އަދި ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑުމެން ޢަރަބި ދުނިޔެއިން ވާނީ ގޮވާލާފައި، އަދި ގޮވާލަމުން މިދަނީ.

އޭނާ އިތުރަށް ވިދާޅުވި އެވެ.

އަރަބި ލީގުގެ އަހަރީ ސަމިޓުގައި މިއަދު ބަޣްދާދުގައި ސަރަހައްދީ ލީޑަރުން ބައްދަލުކުރިއިރު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އަނެއްކާވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މި ސަމިޓް މި ބާއްވަނީ ޖެނުއަރީ މަހު ހަމާސް ޖަމާއަތާ އެކު އިޒްރާއީލުން ހަމަޖެއްސި ހަނގުރާމަ ހުއްޓާލުމަށްވި އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައް ފެށިތާ ދެ މަސް ފަހުންނެވެ. ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ޣައްޒާއަށް ފުޅާދާއިރާއެއްގައި ހަމަލާތައް ދީފައިވާއިރު، އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ނައްތާލުމުގެ އަމާޒު ކުރިއަށް ގެންދިއުމަށް ބާރުއަޅައި ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ވައުދުވެފަ އެވެ.

ޢިރާޤުގައި ބައްދަލުވުން ކުރިއަށް ގެންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފްތާގެ ކުރީކޮޅު މެދުއިރުމައްޗަށް ދަތުރެއް ކުރައްވައިފައިވެއެވެ. ޓްރަމްޕްގެ މި ދަތުރުފުޅުން ގިނަ ބަޔަކު އުންމީދުކުރި ގޮތަށް ޣައްޒާގައި އާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނުފެނުނު ނަމަވެސް، ސީރިއާގެ އާ ރައީސް އަހުމަދު އަލް ޝަރާއާ ބައްދަލުކުރައްވައި، ސީރިއާއަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ބަޣްދާދުގައި ބޭއްވި ސަމިޓުގައި އަލްޝަރާ ބައިވެރިވެވަޑައިނުގަންނަވާއިރު، ސީރިއާގެ ވަފުދުގެ އިސްވެރިޔަކީ ފޮރިން މިނިސްޓަރު އަސަދު އަލް ޝިބާނީ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS