ދުނިޔެ

ސޯމާލިޔާގެ މޮގަޑިޝޫގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީފި

ސޯމާލިޔާގެ މޮގަޑިޝޫގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީފި

ސޯމާލިޔާގައި ދިން ހަމަލާއަށްފަހު އެ ސަރަޙައްދު ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 09:04

18 މޭ 2025، 09:04

ހުލާސާ


ސޯމާލިޔާގެ މޮގަޑިޝޫގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދީފިއެވެ.

ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫގެ ސިފައިންގެ ރެކްރޫޓްމަންޓް ސެންޓަރެއްގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހުކުރު ދުވަހު ހަމަލާދިން މީހާ އަމާޒުކޮށްފައި ވަނީ ދަމަނިއޯ ބޭސްގެ ބޭރުގައި ލައިންގައި ތިބި ޒުވާން ރެކްރޫޓުންގެ ކިއުއަކަށް ކަމަށާއި، ހަމަލާގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ވަނީ މަންޒަރު ދުށް މީހުންނާ ހަވާލާދީ ބުނެފަ އެވެ.

މަންޒަރުދުށް މީހަކު ބުނެފައިވަނީ، އެ ބޭސްގެ ގޭޓުގައި ފުރާވަރުގެ ކުދިން ސަފު ހަދައިގެން ތިއްބާ އަމިއްލައަށް މަރުވި މީހާ ގޮވާތަކެތި ގޮއްވާލީ ކަމަށެވެ.

ސުލައިމާންގެ ނަމުން ނަން ދީފައިވާ އަސްކަރީ ކެޕްޓަނަކު ވަނީ އެ ހަމަލާ ފެނުނު ގޮތަށް ސިފަކޮށްފަ އެވެ.

އަހަރެން ހުރީ މަގުގެ އަނެއް ފަރާތުގައި. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓޫކް ޓޫކެއް ހުއްޓި، މީހަކު ފޭބި، ކިއުއަށް ދުވެފައި ގޮސް އޭގެ ފަހުން އަމިއްލައަށް ގޮއްވާލީ. ރިކްރޫޓުންނާއި މަގުމަތިން ދިޔަ މީހުން ހިމެނޭ ގޮތަށް 10 މީހަކު މަރުވިތަން ފެނުނީ. މަރުވި މީހުންގެ އަދަދު އިތުރުވެދާނެ.

އެނާ ރޮއިޓާސް އަށް ބުންޏެވެ.

އަސްކަރީ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ ގޮވުމުގެ ސަބަބުން ޒަޚަމްވި 30 މީހަކު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ހަ މީހަކު ވަގުތުން މަރުވެފައިވާ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS